ސެވިއްޔާ ހައިރާން ކޮށްލުމަށްފަހު ލެސްޓަރ ކުއާޓަރ އަށް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ޔޫއެފަރ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ރޭ ސެވިއްޔާ އަތުން މޮޅުވެ ލެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭގެ މެޗުން ލެސްޓަރ ސިޓީ މޮޅުވީ ސެވިއްޔާ އާ ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.
ފުރަތަމަ ލެގުން ސެވިއްޔާގެ އަމިއްލަ ދަނޑުގައި ލެސްޓަރ ވަނީ 2-1 އިން ބަލިވެފައެވެ. ނަމަވެސް ރޭގެ މޮޅާ އެކު ލެސްޓަރ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ

ލެސްޓަރގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ލެސްޓަރ އިންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ލެސްޓަރއަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން ވެސްމޯގަން އެވެ.

މި ލަނޑާ އެކު މޯގަން ވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ޖެމެއިކާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ.
މި ލަނޑާއެކު ލީޑުގައި އޮވެ ލެސްޓަރއިން ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުގެ ދެވަނަ ލަނޑުނ ޖަހާ ލީޑު ފުޅާކުރީ ދެ ވަނަ ހާފް ފެށިގެން ނުވަ މިނިޓް ތެރޭ މާކް އޯލްބްރައިޓަން ޖަހައިދިން ހިތްގައިމު ލަނޑުންނެވެ.

ސެވިއްޔާއިންމިސީޒަންނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. އެއީމެޗުގެ 74 ވަނަމިނިޓްގައިދެވަނަރީނދޫކާޑާއެކުސެވިއްޔާގެސާމިރްނަސްރީއަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ސެވިއްޔާގެ ސްޓީވަން އެންޒޮންޒީ ވަނީ ލަނޑު ޖަހަން ރަނުގެ ފުރުޞަތެއް ނަގާލައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންޒޮންޒީ ފޮނުވާލި ބޯޅަ ލެސްޓަރ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ހުސިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

ރޭގެ މެޗުން ލެސްޓަރ މޮޅުވެ ޗެމްޕިއަންސް ލީގުގެ ތާރީޚުގެ ތެރެއަށް ލެސްޓަރ ވަތްއިރު އެޓީމު ދެވަނަ ބުރުގެ ފުރަތަމަ ލެގު ކުޅެފައިވަނީ ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުންނެވެ.
އެހެންނަމަވެސްރަނިއޭރީމަގާމުންވަކިކޮށްލެސްޓަރއިންވަނީމިސީޒަނުގެ ނިޔަލަށް އެ ޓިމުގެ އެސިސްޓަންޓް ކޯޗު ކްރެއިގް ޝޭކްސްޕިއާއާ ހަވާލުކޮށްފައެވެ. ކްރެއިގް ގެ އިރުޝާދުދަށުން އެޓީމު ރޭ މޮޅުވިއިރު އޭނާވެސް ވަނީ ތާރީޚްގެ ތެރެއަށްވަދެފައެވެ.

ލެސްޓަރގެ ފުޓްބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާއިރު އެ ޓީމަކީ މި ފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދި އިނގިރޭސި ފުރަތަމަ ޓީމުވެސް މެއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ގުރުއަތުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

ޢަބްދުލްޙައްނާން