ޔޫރޮޕަރ ލީގުގެ ކުއާޓަރ އިން މެންޔޫ ޖާގަ ހޯދައިފި.

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ޔޫއެފަރ ޔޫރޮޕަރ ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ،ރަޝިއާގެރޮސްޓޯވް ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑްދަތުރުކޮށްފިއެވެ.
ރޭ ރަޝިއާގެ ރޮސްޓޯފްގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 0-1 ގެ ނަތީޖާއަކުން ނެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު، 1-1 ގެ ނަތީޖާއަކުންއެއްވަރުވިއިރު، މުބާރާތުގެ ކުއާޓަރ އަށް ޔުނައިޓެޑް ދަތުރުކުރީ 1-2 ގެއެގްރިގޭޓް ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައިގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، މި ހާފުގައި ގޯލްޖަހާނެ ރަނގަޅުގިނަ ފުރުސަތުތަކެއް، ޔުނައިޓެޑުން ވަނީ ތަނަވަސްކޮށްފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެކުރީކޮޅު ޔުނައިޓެޑްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް އަނިޔާވެގެން ވަނީދަނޑުން ބާލާފައެވެ.
މި މެޗުގައި ޔުނައިޓެޑުން އެޓީމުގެ ފުރަތަމަ ގޯލް ޖަހާ ލީޑުނެގީ މެޗުގެ 70ވަނަ މިނެޓްގައި ހުއާން މާޓާ ކާމިޔާބުކޮށްދިން ގޯލުންނެވެ. މިއީ މިސީޒަނުގައި މާޓާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

ފުރަތަމަ ހާފްގައި ރޮސްޓޯވްގެ ފަރާތުން ދައްކުޅުމެއް ފެނިގެން ދިޔަނަމަވެސްދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެގޯލަށް،ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ.

ނަމަވެސް މި ދެ ހަމަލާވެސް، ޔުނައިޓެޑްގެ ގޯލްކީޕަރު ރޮމޭރޯ ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާ އެކު ޔުނައިޓެޑު މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާއިރު މި މުބާރާތުގެ ކުއާޓަރ ފައިނަލުން ދެންޖާގަ ހޯދީ ފްރާންސްގެ ލިޔޯން އާއި ތުރުކީގެ ބެސިކްޓަސް އެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

ޢަބްދުލްޙައްނާން