މަރަދޫ އެކްސިޑެންޓުގައި ބޮލަށް އަނިޔާވި ޒުވާނާ މަރުވެއްޖެ

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު

އައްޑޫސިޓީ މަރަދޫގައި އިއްޔެ މެންދުރު ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާ ލިބުނު، ސ. ހިތަދޫ، ސޮޑާ. މުހައްމަދު އާޒިމް މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އޭނާއިތުރު ފަރުވާއަށް މާލެ ފޮނުވީ ރޭ އިރާކޮޅުއެވެ.

އެ ޒުވާނާ އެކްސިޑެންޓްވެފައިވަނީ ބާރުސްޕީޑުގައި ދުއްވާފައި ގޮސް ކޮންޓްރޯލްނުވެ ފާރެއްގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ބޯ ވަރަށްބޮޑަށް ޒަޚަމްވިއެވެ. އަދި ބައިވަރުލޭވެސް ފައިބައިފައި ހުއްޓެވެ.

އޭނާ މާލެ ގެންދަން ގަމަށް ގެންގޮސްފައި އޮތްއިރުވެސް ހާލު ވަރަށް ސީރިއަސްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މޫސާ ވަހީދު