ކްލަބު މޯލްޑިވްސް ކަޕް އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފި

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ކްލަބު މޯލްޑިވްސް ކަޕް އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ކުރިން މިމަހު 30 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ފަސްކުރީ ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެންނެވެ.

މެދުކެނޑުމެއްނެތި ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރު 47 ޓީމު ބައިވެރިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 32 ޓީމާއި އަންހެން 15ޓީމެވެ.

ފިރިހެން ބައިގެ މެޗުތައް 8 ގްރޫޕަކަށް ބަހާލާފައިވާ އިރު، އަންހެން ބައިގާ ވާދަކުރާ 15 ޓީމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ3 ގްރޫޕަކަށް ބަހާލައިގެންނެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިން ވާދަކުރާ ޓީމް ތައް:

ގްރޫޕް އޭ- ހެލްތު ރެކްރިއޭޝަން ކްލަބު، މޯލްޑިވް ގޭސް، އެމްއޭސީއެލް، ޔުނައިޓެޑް ބީއެމްއެލް.
ގްރޫޕް ބީ- ޕްރިސަން ރެކްރިއޭޝަން ކްލަބު، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު، މޯލްޑިވިއަން.
ގްރޫޕް ސީ- ކްލަބު އިމިގްރޭޝަން، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ކްލަބު ތިލަފުށި ކޯޕަރޭޝަން، އެލައިޑް.
ގްރޫޕް ޑީ- ކްލަބު އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ، ޓީމް އެފްއެސްއެމް، އެމްޕީއެލް.
ގްރޫޕް އީ- އެމްއެންޔޫ ސްޓާފް ކްލަބު، ކްލަބު ވެމްކޯ، ކްލަބު އެމްއާރްޑީސީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.
ގްރޫޕް އެފް- ޓީމް ފެނަކަ، ޕޮލިސް ކްލަބު، އެޗްޕީއެސްއެން، މޯލްޑިވްސް މީޑިއާ ކްލަބު.
ގްރޫޕް ޖީ- ސިވިލް ކޯޓް، ޓީމް މެޑް، ކްލަބު އެމްވައިއެސް، ހައުސިން.
ގްރޫޕް އެޗް- ކްލަބު އެޗްޑީސީ، ކަސްޓަމް ރެކްރިއޭޝަން ކްލަބު، ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު، ކްލަބު އާސަންދަ.

18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާ ޓީމްތައް:

ގްރޫޕް އޭ- ޓީމް ފެނަކަ، ދިވެހި ސިފައިންގެ ކްލަބު، ޓީމް އައިޖީއެމްއެޗް، ޓީމް ނަމްބާސް، ތައުލީމީ ގުޅުން.
ގްރޫޕް ބީ- އެމްއޭސީއެލް، ޕޮލިސް ކްލަބު، ފެހި ފަހި ކްލަބު، ޓީމް އޭޑަބްލިޔުއޭ، އުރީދޫ.
ގްރޫޕް ސީ- ކްލަބު އާސަންދަ، ކްލަބު އިމިގްރޭޝަން، އެމްޕީއެލް، އެސްޓީއޯ ރެކްރިއޭޝަން ކްލަބު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބު.

ކުރީ އަހަރުތަކެކޭެވސް އެއްގޮތަށް މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީމާފަންނު ވިލީފުލުސް ކުރިމަތީ އޮންނަ ވެލި ދަނޑުގައެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މުހައްމަދު އަފްރާޙް