ޑޮލަރުގެ ވައްކަންތަކާ މޮރިޝަސް ބޭންކު މިހައި ތިމާގެއީ ކިއްވެ؟ އެމްއެމްއޭގެ ބަހެއް ބޭނުން!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރާއްޖޭގައި ހިންގަމުން އަންނަ ޑޮލަރުގެ ވަގު ވިޔަފާރިތަކާއި މޮރިޝަސް ބޭންކް އާއި ވަރަށް ތިމާގެ ކަމަށާއި އެކަމަށް އެމްއެމްއޭގެ ބަހެއް ބޭނުންވާ ކަމަށް ގިނަ ބައަކު ބުނެއެވެ.

މޮރިޝަސް ބޭންކުގެ ގަރަންޓީއަށް ފެނަކަ ކޯޕޮރޭޝަނުން ކޮށްފައިވާ 1 މިލިއަން ޑޮލަރުގެ މުއާމަލާތުގެ މައްސަލަ ކޮޅެއްގައި ނުޖެހި އުޅެނިކޮށް ހަމަ އެބޭންކުން ދިން ގަރަންޓީއަކާއި ގުޅިގެން އަމިއްލަ ފަރާތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު މިހާރު ވަނީ ހާމަވެފައެވެ.

/375،000 ޑޮލަރުގެ އެ މުޢާމަލާތް ކުރުމުގެ ކުރިން އެ ފަރާތުން މޮރިޝަސް ބޭންކުގެ އެންމެ އިސްފަރާތާއި ސުވާލުކުރުމުން ބުނިކަމަށްވަނީ "ތިކުންފުންޏަކީ ބަރާބަރު ކުންފުންޏެއް." ކަމަށެވެ.

ފެނަކަ އިންވެސް މައްސަލަތައް ކުރިމަތިވެގެން އުޅެނީ ހަމަ އެބުނާ "ބަރާބަރު" ކުންފުންޏާއިއެވެ. އެހެންކަމުން މި ވަގު މުއާމަލާތުިތަކަކީ ގުޅިފައިވާ ޗޭނަކުން ހިންގާ މުއާމަލާތުތަކެއް ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެމްއެމްއޭ އިން ބުނެދޭންޖެހެނީ މިކަމުގައި މޮރިޝަސް ބޭންކް ބައިވެރިވާ ވަރެއް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ބޭންކްތަކާއި ގުޅިގެން ހިންގާ މިފަދަ ވަގު މުޢާމަލާތުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެމްއެމްއޭއިން ދިނުމަށް ގިނަ ބައަކު އެދެއެވެ. ނޫންނަމަ ގިނަ ބައަކަށް އެފަދަ މަޅިތަކުގައި ޖެހެވި ބޮޑެތި ގެއްލުންތައް ލިބޭނެތީއެވެ.

މޮރިޝަސް ބޭންކުގެ މައްސަލަތައް ހައްދުފަހަނައަޅަމުން ދަނިކޮށް އެބޭންކުގެ އިތުބާރާއިމެދު އަދިވެސް އިތުރަށް އޮޅުން އަރާފަދަ ކަންކަން ހިނގަމުންދާތީ ވެސް ގިނަ ބައަކު ކަންބޮޑުވެއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

އަބްދުއްލަތީފް