ފިޔޯރީގެ އިންޖީނު ގޭގައި ރޯވެ، އެތަނުގެ މުވައްޒަފަކު މަރުވެއްޖެ

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

ގދ. ފިޔޯރީގެ އިންޖީނުގޭގައި މިއަދު ހުކުރުނަމާދު ވަގުތު ރޯވެ، އެތަނުގެ މުވައްޒަފަކު މަރުވެއްޖެއެވެ.

މިއަލިފާނުގެ ހާދިސާގައި މަރުވީ އިޖީނުގޭގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަި، އުމުރުން 26 އަހަރުގެ ނާޒިދު ޢަބްދުﷲ އެވެ. މަޢުލޫމާތު ކިބިފައިވާ ގޮތުގައި، އިންޖީނުގޭގައި ރޯވިއިރު، އެތަނުގައި އެވަގުތު ހުރީ އޭނާ އެކަންޏެވެ.

"އަޅުގަނޑުމެން ވަދެ ބެލިއިރު މުޅި މީހާ އޮތީ އަނދާފަ. އޭނާ އޮތީ އިންޖީނު ކައިރިއަށް ވެއްޓިފައި" ގދ.ފިޔޯރީގެ ކައުންސިލް މެމްބަރު ސައީދު މުޙައްމަދު ވިދާޅުވިއެވެ.
ނާޒިދު ޢަބްދުﷲ، ފިޔޯރީގެ އިންޖީނުގޭގައި މަސައްކަތް ކުރާތާ ތިން އަހަރުވެއްޖެއެވެ.

ފިޔޯރީގައި މިއަދު މިހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ފިޔޯރީ އިން ވަނީ ކަރަންޓުވެސް ކެނޑިފައެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ