ފިޔޯރީ ރައްޔިތުން ކަރަންޓަށް ބޭނުންވީ ދާއިމީ ޙައްލެއް

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ގދ. ފިޔޯރީ ގެ އިންޖީނުގޭގައި މިއަދު ހުކުރު ވަގުތު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، އެއް ޖެނެރޭޓަރު ހަލާކުވެ އެރަށުން ވަނީ ކަރަންޓު ކެނޑިފައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން، ފިޔޯރީގެ އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ އިން ބުނެފައި ވަނީ، އިރު އޮއްސުމުގެ ކުރިން އެރަށަށް ކަރަންޓު ދޭނެ ކަމަށެވެ. ނަމަވެސް ފެނަކަ އިން އެމަސައްކަތް ކުރަން ފެށުމުން، އެރަށުގެ ރައްޔިތުން ބޭނުންވީ، އެރަށުގައި މިހާރު ހުރި އައު އިންޖީނު ގެއިން ކަރަންޓު ލިބެންށެވެ.

"ފެނަކަ އިން ބޭނުންވީ، ބާ އިންޖީނުގޭގެ ޕެނަލް ރަނގަޅަށް ހުރީތީ އެޕެނަލް މެދުވެރިކޮށް ކަރަންޓު ދޭން. ނަމަވެސް ރައްޔިތުން ބުނީ އައު އިންޖީނުގެ ހުރީ ހަދާ ނިމިފައޭ، އެހެންކަމުން އައު އިންޖީނުގެއިންނޭ ކަރަންޓު ލިބެން ޖެހޭނީ"، 'މިއަދުނޫހަށް' މަޢުލޫމާތު ދެއްވަމުން ފޮޔޯރީގެ އިސް ރައްޔިތަކު ވިދާޅުވިއެވެ.

"ރައްޔިތުން ބުނީ ޖެނެރޭޓަރު ބަދަލު ކުރާށޭ އައު އިންޖީނުގެއަށް. ބޭނުމީ ދާއިމީ ޙައްލެކޭ" އިސް ރައްޔިތު ވިދާޅުވިއެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މަރިޔަމް ވަހީދާ